ޕާކިސްތާނަށް ދެވުނު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެއްޖެ
12 August 2008 | Salma
ޕާކިސްތާން އެއާފޯސްގެ ބަހަކަށް ދެވުނު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެ، ޒަޚަމްވެއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޕާކިސްތާނުގެ ޕެޝްވާރް ޕްރޮވިންސަށް ދެވުނު މިހަމަލާގައި މަރުވެފައިވާ އެންމެންނަކީވެސް ޕާކިސްތާނުގެ އަސްކަރީ އޮފިޝަލުންކަމަށް ފުލުހުން މަޢުލޫމާތުދިނެވެ. މިހަމަލާދެވިފައިވަނީ ޕެޝްވާރް ސިޓީއިން އަސްކަރީ އޮފިޝަލުން ގޮވައިގެން ބަދަބާރގައި ހުންނަ އެއާފޯސް ބޭސްއަށް ބަސް ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.


