މުނައްވަރު އެމް.ޑީ.ޕީ.ން އިސްތިޢުފާ ދެއްވައިފި
13 August 2008 | Ibrahim Zaki
01:20
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުނައްވަރު އެޕާޓީން ދާދި ދެންމެއަކު އިސްތިޢުފާ ދެއްވައިފިއެވެ..............................................
11:15
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު އެޕާޓީން މިއަދު އިސްތިޢުފާ ދެއްވާނެ ކަމަށް އިތުބާރުހުރި ފަރާތަކުން އިރު އޮބްޒާވަރަށް ޔަޤީންކޮށް ދެއްވައިފިއެވެ.މުނައްވަރުގެ ވަރަށްގާތްރަޙްމަތް ތެރިއަކު އިރު އޮބްޒާވަރަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، މުނައްވަރުގެ އިސްތިޢުފާގެ ސިޓީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕާޓީއަށް ފޮނުއްވާނެއެވެ.މުނައވަރަކީ، އެމް.ޑީ.ޕީ.ގެ ރައީސް ކަމަށް ވިޔަސް ޕާޓީގެ ރައީސްމަޤާމު މިހާރު ފުރުއްވަމުން ގެންދަވަނީ ޕާޓީގެ ނާއިބް ރައީސް ކަމުގައިވާ އިބްރާޙީމް ޙުސެއިން ޒަކީއެވެ. އަދި ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ ވަރަށްބޮޑަށް އުފެދިފައިވާ ޚިޔާލު ފަތާތު ވުން ތަކާ ގުޅިގެން މުނައްވަރު އެމް.ޑީ.ޕީން އިސްތިޢުފާ ދެއްވާ ވާހަކައަކީ ރަށު ތެރޭގައި ދުވަސްކޮޅެއްކުރިންވެސް ދެކެވެމުން އަންނަ ވާހަކަ އެކެވެ.


