އެސް.ޓީ.އޯ.އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
އެސް.ޓީ.އޯ.އިން ހާމަކޮށްފައިވާ ގޮތުގައި ތެލުގެ އަގަށް މި ގެނެވުނު ހެޔޮ ބަލަދާއި ގުޅިގެން މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރަކުން ފަންސަވީސްލާރި އަދި ކަރާސީނުން ލީޓަރަކުން ފަންސާސް ލާރިވަނީ ހެޔޮކޮށްފިއެވެ.
މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާ އަގަކީ ސަތާރަ ރުފިޔާ ފަންސަވީސް ލާރިއެވެ. ޕެޓްރޯލް ލީޓަރެއްގެ އަގަކީ ފަނަރަ ރުފިޔާ އަދި ކަރާސީނު ލީޓަރެއްގެ އަގަކީ ފަނަރަ ރުފިޔާ ވިހި ލާރިއެވެ.
އެސްޓިއޯ އިން ވިއްކާ ތެލުގެ އަގަށް މި ބަދަލު ގެނައީ އިއްޔެ ލިބުނު ތެލުގެ ޝިޕްމަންޓްގެ އަގަށް ބަލާއިރު މިއަދުން ފެށިގެން ވިއްކަން ކަނޑައެޅި އަގަށް ތެލުގެ އަގު ހެޔޮކުރެވެން އޮތުމުން ކަމަށް އެސްޓިއޯއިން މަޢުލޫމާތު ދެއްވައެވެ. އަދި ދެން އަންނަންހުރި ތެލުގެ ޝިޕްމަންޓް ތަކަށް ބަލާއިރު ރަމަޟާން މަސްތެރޭގައި ވެސް ތެލުގެ އަގަށް އިތުރު ހެޔޮބަދަލުތަކެއް ގެނެވިދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އެސްޓިއޯއިން ވިދާޅުވިއެވެ.


