އިރާޤަށް ދެވުނު ޖާނުންފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން ދެމީހުން މަރުވެއްޖެ
13 August 2008 | Salma
އިއްޔެ އިރާޤަށް ދެވުނު ޖާނުންފިދާވުމުގެ ހަމަލާއެއްގައި މަދުވެގެން ދެމީހުން މަރުވެއްޖެކަމަށް އެޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
އަންހެނެއް ޖަނުންފިދާ ވެގެން ދިން މިހަމަލާގައި މަރުވެފައިވަނީ އާންމުންގެ ދެމީހުން ކަމަށް އޮފިޝަލުން މަޢުލޫމާތުދެއެވެ. މިހަމަލާ ދީފައިވަނީ ދިޔާލަ ޕްރޮވިންސްގެ ގަވަނަރ ރާދް ރާޝިދް އަލް ތަމީމީ، ޕްރޮވިންޝަލް ބައްދަލުވުމަކަށް ދިޔަ މަގުމަތީގައި އޭނަ ދަތުރު ކުރަމުން ދިޔަ އުޅަނދަށް އަމާޒުކޮށެވެ. މިހަމަލާގައި ރާޝިދް އަލް ތަމީމީއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައިނުވާކަމަށް އޮފިޝަލުން މަޢުލޫމާތުދެއެވެ.
އަންހެނަކު ޖާނުންފިދާ ވެގެން ދިން މިހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއް ކަމެއް އަދި ހަމަވެފައެއް ނުވެއެވެ.


