ސިވިލްސަރވިސް ކޮމިށަނުން ހާނިމާމެދު ފިޔަވަޅުއެޅި މައްސަލަ، ހިއުމަން ރައިޓްސްކޮމިޝަނާއި ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފި

Adjust font size: Decrease font Enlarge font
image

އަންނަ ރިޔާސީ އިންތިޚާބުގެ ޑީއާރުޕީގެ ރިޔާސީ ކެންޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ކުށުގައި، ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުން ޑިރެކްޓަރގެ މަޤާމަށް ބަދަލުކުރުމާއި ގުޅިގެން އެމައްސަލަ ކޯޓަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ހުށަހަޅާނެ ކަމަށް ހާނިމްގެ ވަކީލު ވިދާޅުވެއްޖެއެވެ.

ވަކީލު ބުނި ގޮތުގައި، ސިވިލް ސަރވިސް ކޮމިޝަނުން ހާނިމްއާމެދު ވިޔަވަޅު އަޅުއްވާފައިވަނީ އައު ޤާނޫނުއަސާސީއާ ޚިލާފަށެވެ. އަދި އެ ފިޔަވަޅަކީ، ސިވިލް ސަރވިސްގެ ޤާނޫނުން އެޅި ފިޔަވަޅެއް ނަމަވެސް އެއްވެސް ޤާނޫނެއް ޤާނޫނު އަސާސީއަށްވުރެ މަތިވެގެން ނުވާނެ ކަމަށާއި އެއީ ޤާނޫނުއަސާސީއާ ވަަރށްބޮޑު ތަޢާރަޒު ވުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑީއާރުޕީގެ މީޑިޔާ އޮފިސަރ އަލީ ވަޙީދު، އިއްޔެ ނޫންވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޙައްމަދު ހާނިމްގެ މައްސަލައިގައި އެޕާޓީންވެސް ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ފޮނުވާނެ ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވަކި މީހަކަށް ތާއިދުކުރުމުގެ އިޚްތިޔާރު އޮންނަން ވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލައިގައި، ހާނިމް ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދާ ޚިލާފުވެފައި ނުވާ ކަމަށް ވެސް އޭނާ މަޢޫލޫމާތު ދެއްވިއެވެ.އަދި ސިވިލް ސަރވިސްއަށްވެސް ހާނިމަށް ލިބިފައިވާ ޚައްޤަކަށް އަރައިނުގަަނެވޭނެ ކަމަށާއި ކޮންމެ އާންމު ފަރުދަކަށް ވެސް ވަކިކެނޑިޑޭޓަކަށް ތާއިދުކުރުމުގެ ޚައްޤު ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

  • 16 August 2008
    comment ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 19 ވަނަމާއްދާ "މަނާކުރެވިފައި ނުވާކަންކަން ކުރުމުގެ މިނިވަންކަން" އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑަ އެޅިގެން މަނާކޮއްފާ ނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަން ކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދިގާނޫނަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެންނުވާނެއެވެ. އާދެ ހަމަ އެހެންމެ...ގާނޫއަސާސީގެ 30 ވަނަމާއްދާ...."ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާއަތްތައް ހެދުމުގެ މިނިވަންކަން" މިމާއްދާގެ (ހ) ގައި ބުނެފައި އެވަނީ....ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތް ތަކުގައި ބައިވެރިވުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. ހަމައެހެންމެ..ގާނޫނުއަސާސީގެ 281. (ހ)ގެ 9 ގައި ބަޔާން ކޮއްފައިވާފައިވާ "މަސްއޫލިއްޔަތު ތަކާއި ބާރުތައް."..މިމާއްދާ ގައި ބަޔާން ކޮއްފައި އެވާ..ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 281 (ހ) ގެ 9....ސިޔާސީ ވަކިޕާޓީ އަކަށް ނުވަތަ ވަކި ކަމަކަށް ތާއީދުކުރުމުގެ ނުވަތަ ނުކުރުމުގެ ސަބަބުން، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް ކަމެއް ފަހިކޮށް ނުވަތަ ކަމެއް ދަތިކޮއް ނުހެދުން. ހަމަ އެއާ ވިދިގެން ގާނޫނުއަސާސީގެ 66 ވަނަމާއްދާ ގައި ބަޔާން ކޮއްފައިޥާ " ޙައްގުތަކާއި މިނިވަންކަމާ ތަޢާރުޝްވާ ގާނޫނުތައް ބާތިލްވުން" މިޤާނޫނު އަސާސީ އަށް އަމަލު ކުރާން ފަށާއިރު ދިވެހި ރާއްޖޭގައި ހިނގަމުންއަންނަ އެންމެހައި ޤާނޫނުތަކާއި ޤަވާއިދު ތަކާއި އިޢުލާން ތަކުގައި ބަޔާންވެފައިވާ ކަންތަށްތަކުގެ ތެރެއިން، މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަން ކަމާ ތަޢާރުޝުވާ އެންމެހައި ކަންތައްތައް، މި ޤާނޫނުއަސާސީ އަށް އަމަލު ކުރާން ފެށުމާއެކު ބާޠިލްވީއެވެ. މިހިރަ ހުރިހާ ކަންތަށް ތަކެއް ޤާނޫނުގައި ވަރަށް ރަގަޅަށް ބަޔާން ކޮއްފައި ވަނިކޮއް ސިވިލް ސާރވިސް ގެ ފަރާތުން ކޮންމެ މީހަކަށް ދިން ނަމަވެސް އެދެވުނީ ވަރަށް ބޭއިންސާފުން ދިން އަދަބެކެވެ.އަޅުގަޑު ނަމަ ސިވިލް ސާރވިސް ގޮވައިގެން ކޯޓަށްވެސް ދާނަން ،މިއީ ހަމަ ނިކަމެތި މީހާ ވީމަދިން ލަޑެއް. ކޯޓށްވެސް ދޭ...ހިއުމަން ރައިޓްސް އަނށްވެސް މައްސަލަ ހުށް ހަޅާނަން..ފަހުމީގެ ތިމާގެ މީހުން ތަށް ފުވައްމުލަކުގަޔާ..އެތަންމިތިތާ ކަންޕޭނު ކުރާ އިރުވެސް ..ކަމެއްނުވޭ..ނުވި ތާކަށް ޤާނޫ އަސާސީ ތަސްދީޤް ނުކުރއްވައިގެން ..ޤާނޫނާ ގަވައިދާ ޙިލާފަށް ތީމުޣެ ކައިރިއަށް އެއްވި އިރު ކިތަށް ސިވިލް ސާރވިސް ބޭފުޅުން ތިއްބެވިބާ...އެހެރީ ހެއްކާ އެކުޓީވީއިން ފެންނަން......ވީކަމެއް ހަރާން..
This website is compatible with Internet Explorer - Hosted By MediaHostWorld