ރިޔާސީ އިންތިޚާބުގައި ހުވަދު އަތޮޅުން އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ : އަންނި

Adjust font size: Decrease font Enlarge font
image

ހުވަދު އަތޮޅުގެ ދެބުރިއަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ދެއަތޮޅުކަމަށާއި މުޅި ހުވަދޫން އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

 އަންނި މިހެން ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ގދ އަތޮޅުގެ ރައްޔިތުންނާއި މިއަދު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަމުންނެވެ. އެ ބައްދަލުވުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތުގައި ގދ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް އެދެމުންދާތީވެ އެކަންތަކުގައި އެންމެ ބޮޑަށް އުޅެވޭނެ ގޮތެއް ހޯދުމަށާއި އަންނިގެ ކެމްޕެއިން ޓީމަށް ގދ އަތޮޅުގައި ކުރެވިދާނެ ކަންތައް ހޯދުމަށް އެމްޑީޕީގެ ގދ ދާއިރާއިން އިންތިޒާމްކުރި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އަންނި ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން، ގއ އަތޮޅަށް ކުރި ޒިޔާރަތުން އެކަށީގެންވާ ތާއީދެއް ލިބުނުކަން ފާހަގަކުރެއްވިއެވެ. އަދި ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓިއާއިގުޅުނު ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ހުވަދޫން ނުފެންނަކަންވެސް ފާހަގަކުރެއްވިއެވެ. 

އެ ބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ ގދ އަތޮޅުގެ ބައެއް ރައްޔިތުން ފާޅުކުރި ހިޔާލްތަކުގައި ގދ.ން އެމްޑީޕީއަށް ލިބިފައި އޮތް ބޮޑު ތާއީދު މިހާރުވެސް އޮތްވަރަށް ބާއްވަން ބޭނުންފުޅުވާކަމަށާއި ވީހާވެސް އިންތިޒާމްކޮށް ފާޅުކަން ބޮޑު ގޮތެއްގައި އެކެމްޕޭންގައި ބައިވެރިވާން ބޭނުންފުޅުވާކަމުގައި ހާމަކޮށްފައިވެއެވެ. މިހާރު ރާއްޖޭގެ މަހުޖަނުން ގުޅިގެން ވޯޓު ގަތުމުގެ މަސައްކަތް ކުރަންފަށާފައިވާކަން ބައްދަލުވުމަށް ހާޒިރުވި ބައެއް ރައްޔިތުން ފާހަގަކުރިއެވެ. މިކަމާއި ގުޅިގެން އަންނި ހުރިހާ ބޭފުޅުންނަށްވެސް ގޮވާލެއްވީ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެންޓިކަރޮޕްޝަން ބޯޑާއި ފުލުހުންނަށް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއަށް ލަސްނުކުރައްވާ އެކަންތައް ހާމަކުރުމަށެވެ.  

"މިފަދަ މައުލޫމާތެއް ލިބި އެކަން ހާމަނުކޮށް ތިބުމަކީ އެކުށުގައި ތިޔަބޭފުޅުން ބައިވެރިވުން ކަމުގައި ބެލެވޭނީ. ހަމަގައިމުވެސް އަޅުގަނޑެއް ވޯޓެއް ނުގަންނާނަން" އަންނި ވިދާޅުވިއެވެ.  

މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ކެމްޕެއިން އޮފީހާއި ގުޅިގެން ގދ ގައި ހިންގާނެ ކަންތައް ކޯޑިނޭޓް ކުރުމަށް މާލޭގައި ދިރިއުލޭ ގދ ރައްޔިތުންގެ ތެރެއިން ދިހަ ބޭފުޅުންގެ ކޮމެޓީއެއް ހޮވާފައެވެ. އެ ކޮމެޓީގެ އިސްބޭފުޅަކަށް ހަމަޖައްސަވާފައިވަނީ ތިނަދޫ ފަތުހުﷲ އާދަމެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld