ޖީބުގައި ފައިސާ ހުރެގެން 48 ގަޑިއިރުގެ ތެރޭގައި ގަނެވޭނީ ވަކި ބައެއް ކަމަށް ޑީއާޕީއިން ބުނެފި.
ޖީބުގައި ފައިސާ ހުރެގެން 48 ގަޑިއިރުގެ ތެރޭގައި ގަނެވޭނީ ވަކި ބައެއް ކަމަށް ޑީއާޕީއިން ބުނެފިއެވެ.
މިއަދު ޑީއާރުޕީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕާޓީގެ މީޑިއާރ އޮފިޝަރ އަލީ ވަހީދު، ވިދާޅުވީ ޖީބުގައި ފައިސާހުރެގެން ވިކޭނީ ވަކި ބައެއް ކަމަށާއި ޑީއާރުޕީން ބޭނުންވަނީ ދިވެހިރައްޔިތުންގެ ހައްޤުތައް ފޯރުކޮށްދިނުމުގައި ތެދުވެރި ޤައުމަށް ހިޔާނަތްތެރި ނުވާ ބޭފުޅުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ޑީއާރުޕީގެ ޒައީމް ވާދަކުރައްވައި އިންތިޚާބް ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަހީދުވިދާޅުވިއެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ހޮވިވަޑައި ގަތް މުޙައްމަދު ޝިހާބަށް ޑީއާރޫޕީގެ ފާރާތުން ވަރަށް ބޮޑަށް މަރުޚަބާކިޔާ ކަމަށާއި ކުރިއަށް އޮތްތާގައި ޝިހާބް ޑީއާރުޕީން ފެނިގެން ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އާ ޤާނޫންއަސާސީގެ ހިޔާވަހިކަން ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ ޤާނޫނު އަސާސީއާއި ގުޅިގެން އުފައްދަން ޖެހޭ މުއައްސަސާތައް އުފައްދައި ހަދަންޖެހޭ ޤާނޫންތައް ފާސްކުރެވެމުން ކަމަށާއި މަޖިލީހުގެ އެޖެންޑާ ކަނޑައަޅައި، މަޖިލީހުގެ ކަންތައް ހިނގަމުންދާގޮތް ފަރުމާކޮށް، ކަންތައްތައް ނިންމާ ހަލުއި މިން ކަނޑައެޅުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނީ މަޖުލީހުގެ ރައީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަންތައްތައް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ގެންދަވާ ގޮތް ދިވެހިރައްޔިތުން ވަރަށް ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.


