އެމް.ޑީ.ޕީގެ އިޤްތިސާދީ ސިޔާސަތަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާ ސިޔާސަތެއް: އަންނި
އެމް.ޑީ.ޕީ.ގެ އިޤްއިސާދީ ސިޔާސަތަކީ އިމްޕޯޓް ޑިއުޓީ ނުނަގައި، ވިޔަފާރީގެ ފައިދާއިން ޓެކްސްނަގާ ސިޔާސަތެއް ކަމުގައި އެޕާޓީގެ ރަނިންގމޭޓް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.
އަންނި މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނާއި ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައި، ޕާޓިގެ އިޤްތިސާދީ ސިޔާސަތު ހާމަކުރައްވަމުންނެވެ.ރާއްޖޭގެ މިހާރުގެ އިޤްތިސާދީ ސިޔާސަތަށް ޢިޝާރާތް ކުރައްވައި އަންނި ވިދާޅުވީ، ރާއްޖެއަށް އާމްދަނީގެ ގޮތުގައި އަހަރަކު، ހަތް ބިލިޔަން ރުފިޔާ ލިބޭކަމަށެވެ. އއޭގެ އިތުރުން ދެން ނަގަނީ ލޯނު ކަމަށާއި، ގިނައިން ލޯނު ނަގާފައި ހުންނަނީ އާދައިގެ ވިޔަފާރީގެ ބޭންކުތަކުން ބޮޑު އިންޓަރެސްޓްގައި ކަންވެސް އަންނި ފާހަގަ ކުރެއްވިއެވެ.އަންނި ވިދާޅުވި ގޮތުގައި، ޑިމޮކްރަސީގެ އަނެއް ދިވެހި ޜާއްޖޭގައި ގިނަ ޤައުމުތަކެއްގެ އެހީ ލިބޭނެ، ނަމަވެސް ބައެއްގެ އެހީގެ މައްޗަށް ބުރަވެގެން މާލީ ސިޔާސަތެއް ނުރާވާނެއެވެ.
" އަޅުގަނޑުމެން، އަޅުގަނޑުމެންގެ މާލީ ސިޔާސަތު ރާވާނީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއްގެ މައްޗަށް ބިނާކޮށް، މިރާއްޖެއަށް ހަސަތޭކަ މިލިޔަން ރުފިޔާ އަކީ ލިބޭނެ އެއްޗެއް އެއީ ބަޖެޓްތެރެއިން މިހާރުވެސް ބާކީ ކުރެވެން އޮތް އެއްޗެއް، ދެން އަޅުގަނޑެއް ނޭދެން ކޮންތާކުންތޯ ބާކީ ކުރާނީ ތަކުރާރުކޮށެއް" ކަމަށް އަންނި ވިދާޅުވިއެވެ.
އަންނި ވިދާޅުވީ އިންޑައިރެކްޓް ޓެކްސްގެ ނިޒާމަކީ، ރައްޔިތުންނަށް ވަރަށް ގެއްލުންބޮޑު ޓެކްސްއެއް ކަމަށެވެ.


