އިންޑޮނޭޝިއާގައި ދެ ރޭލު ޖެހި އެކްސިޑެންޓް ވެގެން 8 މީހުން މަރުވެއްޖެ
16 August 2008 | Salma
މިއަދު ހެނދުނު އިންޑޮނޭޝިއާގައި ދެ ރޭލު ޖެހި އެކްސިޑެންޓް ވެގެން 8 މީހުން މަރުވެ، 32 މީހުން ޒަޚަމްވެއްޖެއެވެ.
ޖަކާޓާ ގަޑިން މިއަދު ހެނުނު 07:30 ކަންހާއިރު މި ހާދިސާ ހިނގާފައިވަނީ އިން ޑޮނޭޝިއާގެ ސުމަޓްރާގެ ލަމްޕުންގ ޕްރޮވިންސްގައެވެ. މިހާދިސާ ހިނގާފައިވަނީ ޕެލެމްބާގުން ފަސަންޖަރުން ގޮވައިގެން ދަތުރުކުރަމުން އައި ރޭލެއް، ކޯލް ބަރުކޮށްގެން ތެހެރާން އަވަށުން ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ޖެހިގެންނެވެ. މިހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ ފަސަންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލުގެ ބުރަކި ފެއިލް ވެގެންކަމަށް އޮފިޝަލުން މަޢުލޫމާތުދެއެވެ.
މިހާދިސާގައި ޒަޚަމްވި މީހުންވަނީ ފަރުވާ ދިނުމަށްޓަކައި ކައިރި ހޮސްޕިޓަލްތަކަށް ގެންދެވިފައެވެ.


