ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ، 53 އަހަރުގައި މަރުވެއްޖެ
16 August 2008 | Salma
ދުނިޔޭގެ ރެކޯޑު ފޮތުގައި ދުނިޔޭގެ އެންމެ ދިގު އަންހެން މީހާކަމަށް ރެކޯޑު ކުރެވިފައިވާ ސޭންޑީ އެލެން، އޭނާގެ އުމުރުން 53 އަހަރުގައި މަރުވެއްޖެއެވެ.
ސޭންޑީ މަރުވިއިރު އޭނާގެ ދިގުމިނުގައި 7 ފޫޓު 7 އިންޗި ހުއްޓެވެ. އޭނާ މަރުވެފައިވާ ސަބަބެއް އަދި ހޯދިފައިނުވި ނަމަވެސް، އޭނާ މަރުވެފައިވަނީ ލޭގެ އިންފެކްޝަނެއް ޖެހިގެން އެތައް މަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުމަށް ފަހުގައި ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފައިވެއެވެ. ސޭންޑިވަނީ އޭނާއަށް ލިބިފައިވާ އާދަޔާޚިލާފު ދިގުމިން ބޭނުންކޮށްގެން ކޮންމެ ގޮތަކަށް ހުރިނަމަވެސް ކޮންމެ ކުއްޖަކީވެސް މުޖުތަމައުގައި ހަމަހަމަކަން ލިބިފައިވާ ކުދިންކަން ކިޔަވާ ކުދިންނަށް ދަސްކޮށްދިނުމަށް ބާރުއަޅާފައެވެ.
ސޭންޑީ އާދަޔާޚިލާފަށް ދިގުވުމަށް މެދުވެރިވެފައިވަނީ ޓިއުމަރެއްގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އުފެދުމުގެ ހޯމޯން މާ ގިނަވުމުންކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވެއެވެ. 1977 ވަނަ އަހަރު ސޭންޑީވަނީ އޭނާ އިތުރަށް ދިގުވިޔަ ނުދިނުމަށްޓަކައި އޮޕަރޭޝަނެއް ކޮށްފައެވެ.


