ޖުމްހޫރީ ޕާޓީން މެމްބަރުން ގަނެފައެއް ނުވާނެ ކަމަށް ޤާސިމް ބުނެފި
ޖުމްހޫރީ ޕާޓީން މެމްބަރުން ގަނެފައެއް ނުވާކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް (ޤާސިމް) ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓިއަކީވިޔަފާރިވެރިންގެ ޕާޓީކަމަށާއި، އެޕާޓީން މެންބަރުންނަށް ލާރިދީގެން މެންބަރުން ގަންނަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް އިބްރާހިމް ވިދާޅުވިގޮތުގައި އެޕާޓިގެ ފަރާތުން އެއްވެސް މެމްބަރެއް މިވީހާތަނަށް ގަނެފައި ނުވާކަމަށާއި އަދި އެޕާޓިއަކީ ރައްޔިތުންގެ ޕާޓީއަކަށް ވާއިރު، ރައްޔިތުން ބޭނުން ނުވާ ފަދައިން އެޕާޓީންވެސް ގަނެވިއްކަން ބޭނުންނުވާ ކަމަށާއި، ގަނެވިއްކާ ޕާޓީއަކާގުޅެން ރައްޔިތުންވެސް ބޭނުން ނުވާކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީން މެމްބަރުން ގަންނަ ވާހަކަ ފަތުރަނީ ޤާސިމް ރިޔާސީ އިންތިޚާބްގައި ކުރިމަތިލައްވައި ކާމިޔާބު ކުރައްވާފާނެތީ ބިރުގަންނަ ފަރާތްތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޖުމްހުރީ ޕާޓީގެ ރަނިންގ މޭޓަކު ހޮވުމަށް މިހާރު ވެސް ދަނީ ތައްޔާރުވަމުން ކަމަށާއި އެފަރާތްތަކުން މިހާރު ވެސް ދަނީ ޤާސިމަށް ހުށަހަޅަމުންކަމަށާއި މިހާރުވެސް 10 ފަރާތެއް ޤާސިމްގެ ރަނިންގ މޭޓަކަށް ވުމަށް ހުށަހަޅާފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


