ދިވެހި ލީގުގެ ކުރި ހޯދުމަށް އަނެއްކާވެސް ވީބީ މިއަދު ނިކުންނަނީ
16 August 2008 | Sadhuma
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގެ ކުރި ހޯދުމަށް އަނެއްކާވެސް ވީބީ މިއަދު ނިކުންނާނެއެވެ.
މިއަދު ހަވީރު ރަސްމީ ދަނޑުގައި އޮތް އެމެޗުގައި ވީބީއާ ދެކޮޅަށް ނިކުންނާނީ ވިޔެންސާއެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ވެލެންސިއާއާ ވިކްޓްރީ ބައްދަލުކުރި މެޗުގައި ވެލެންސިއާ ކާމިޔާބުކޮށްގެން ވަނީ ލީގުގެ ކުރި ހޯދާފައެވެ. އެހެންކަމުން ގެއްލިފައިވާ ލީގުގެ އެއްވަނަ ވީބީއަށް ލިބޭނީ މިއަދުގެ މެޗުން އެއްވަރުވި ނަމަވެސް ވެލެންސިއާއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
17 ޕޮއިންޓާއެކު އޮތް ވީބީއަށް މިއަދުގެ މެޗުން މޮޅުވެގެން 20 ޕޮއިންޓާއެކު މިހާރު ލީގުގެ އެއްވަނައިގައި އޮތް ވެލެންސިއާ ފަހަތަށް ޖައްސާލެވޭނެއެވެ.


