ދިވެހި ކުރުފިލުމް މައުސޫމް ރޯދާއިގެ ފަހުން ބާޒާރަށް ނެރެވޭނެ: ނިމާލް
ދިވެހި ކުރުފިލްމް ''މަޢުސޫމް ރޯދައިގެ ފަހުން ބާޒާރަށް ނެރެވޭ ވަރު ވާނެ ކަމަށް އެފިލްމްގެ ޑައިރެއްޓަރ އަޙުމަދު ނިމާލު ވިދާޅު ވެއްޖެއެވެ.
ޑައިރެޓަރ ނިމާލު އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ދިވެހި ފިލްމު މައުސޫމް އުފެއްދުމުގެ މަސައްކަތް މިހާރު ވަރަށްބާރަށް ކުރިއަށް އެބަދެއެވެ. އަދި މިފިލުމްގެ ޝޫޓިން ކުރަނީ، ޏ. ފޯމުލަކުގައި ކަމަށާއި މިފިލްމުގެ ޝޫޓިން މިވަގުތު އޮތީ ހުއްޓިފައި ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ޝޫޓިންގެ މަސައްކަތް ފައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިފިލްމްގައި ޙަރަކާތްތެރިވަނީ އަފީފާ، ނިމާލު، ގެ އިތުރުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ ދެތަރިންނެވެ. މިފިލްމަކީ ވަރަށް ތަފާތު މައްޒަރުތައް ބެއްލުން ތެރިންނާއި ހަމަޔަށް ގެނެސްދެވޭނެ ފިލްމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޢުސޫމް މިފިލްމަކީ ދޮއްމަންމައެއްގެ ފަރާތުން ކުޑަކުއްޖަކަށް ދިމާވާ ވަރަށް ހިތާމަވެރި ބައިތަކެއް ހިމަނައިގެން ގެނެސްދެވޭ ފިލްމެކެވެ. މިފިލްމަކީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ނެރޭ ފިލްމެއް ކަމަށާއި މިފިލްމް މާލޭ ފިހާރަތަކަށް ވަރަށް އަވަހަށް ނިކުއްނާނެ ކަމަށް ނިމާލު ވިދާޅުވިއެވެ.
ނިމާލް ވިދާޅުވި ގޮތުގައި ފިލުމްގެ ދިގުމިނަކީ 1 ގަޑިއިރެވެ. މިފިލްމް ސިނަމާގައި އަޅުވާގޮތައް ނުވިސްނާކަމަށާއި، އެހެން ނަމަވެސް ފިލްމް ނިމުނުހާ އަވަހަށް ބާޒާރަށް ނެރުމަށްވަނީ ހަމަޖެހިފައި ކަމަށް ނިމާލު ވިދާޅުވިއެވެ.


