އެމްޑީޕީގެ ފަރާތުން ރާއްޖެ ރީދޫ ކުރުމުގެ ޕްރޮގަރާމެއް ފަށައިފި
16 August 2008 | Leela
އެމްޑީޕީގެ ފަރާތުން ރާއްޖެ ރީނދޫ ކުރުމުގެ ޕްރޮގަރާމެއް ފަށައިފިއެވެ. އެޕާޓީން މައުލޫމާތު ދެއްވިގޮތުގައި މިމަސައްކަތަކީ، އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް ކަމަށްވާ މުހައްމަދު ނަޝީދަށް، ތާއިދު ހޯދުމަށާއި ދިވެހިންގެ ތެރޭގައި އަނެއް ދިވެހި ރާއްޖެއަށް ދިޔުމުގެ ރޫޙް އާލާކޮށް އެކަމުގެ ޖޯޝު ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ.
ހުކުރު ދުވަހުގެ މެންދުރު ފަހު އެމްޑީޕީގެ މައި ހަރުގޭއިން ފެށުނު މިހަރަކާތް ރިޔާސީ އިންތިޚާބު ނިމެންދެން ކުރިއަށް ގެންދާނެ ކަމުގައި އެޕާޓީން މައުލޫމާތު ދެއްވައެވެ. ރާއްޖެ ރީނދޫކުރުމުގެ ހަރަކާތްތައް މާލެ އާއި ރާއްޖެތެރޭގެ ހުރިހާ ރަށްތަކެއްގައި ވެސް ކުރިއަށްދާނެކަމަށް މައުލޫމާތު ދެއްވައެވެ.
އަދި އައްޑޫ ގައި ރީނދޫކުރުމުގެ މަސައްކަތް މިއަދު ފަށައިގެން ކުރިއަށް ދާކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.އަދި މިކަމުގައި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވޮލަންޓިޔަރ ކުރަމުން ދިޔަނަމަވެސް ކެނޑިޑޭޓް ނަޝީދަށް ތާއިދުކުރައްވާ ހުރިހާ ދިވެހި ރައްޔެތުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެއްވައެވެ.


