ތޫފާން 'ފޭ' ކެރީބިއަން ރަށްތަކަށް އަރާ، މަދުވެގެން 4 މީހުން މަރުވެއްޖެ
18 August 2008 | Salma
ތޫފާން 'ފޭ' ކެރީބިއަން ރަށްތަކަށް އަރާ، މަދުވެގެން 4 މީހުން މަރުވެއްޖެކަމަށް އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓުން ހާމަކޮށްފިއެވެ.
މި ތޫފާނުގެ ސަބަބުން ހައިޓީއާއި ޑޮމިނިކަން ރިޕަބްލިކްގައި ފެންބޮޑުވެ، އެތައް ބައެއްގެ ގެދޮރުވަނީ ހަލާކުވެފައެވެ. ޑޮމިނިކަން ރިޕަބްލިކަށް ކުރިމަތިވި ފެންބޮޑުވުމުގައި 34 އަހަރުގެ އަންހެނަކާއި އޭނާގެ ދެބެންގެ ދެދަރި 13 އަހަރުގެ ކުއްޖަކާއި 5 އަހަރުގެ ކުއްޖެއްވަނީ މަރުވެފައެވެ. އަދި ހައިޓީއަށް ކުރިމަތިވި ފެންބޮޑުވުމުގައިވެސް މީހަކުވަނީ މަރުވެފައެވެ.
ތޫފާމން ފޭ މިހާރުވަނީ ކެރީބިއަން ރަށްތަކުން ފައިބާ، އުތުރަށް ދަތުރުކުރަން ފަށާފައެވެ. ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި މި ތޫފާން ކިއުބާގެ ވެރިރަށް ހަވާނާއަށް އަރާނެއެވެ.


