ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ކަމަށް އަހްމަދުޒާހިރު ހޮވިއްޖެ
17 August 2008 | iru
އައު ޤާނޫނުއަސާސީގެ ދަށުން ހަމަޖައްސަންޖެހޭ މުޢައްސަސާތަކުގެ ތެރެއިން، ޖުޑިޝަލް ސަރވިސްގައި ރައްޔިތުންގެ މަޖިލީހުން ހިމެނި ވަޑައި ގަންނަވާނެ މެންބަރަކީ، އެމަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ އަޙްމަދު ޒާހިރު (ސީނާ) ކަމުގައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ކަނޑައަޅުއްވައިފިއެވެ.
ޒާހިރު މިމަޤާމަށް ކަނޑައެޅުމަށް، މިއަދުގެ ޖަލްސާއަގި ތިއްބެވި 38މެންބަރުންގެ ތެރެއިން 23މެންބަރުން ވޯޓު ދެއްވިއެވެ. މިމަޤާމަށް ޒާހިރު ވާދަކުރެއްވީ މާލެއަތޮޅު މެންބަރ މާރިޔާ އަޙްމަދު ދީދީއެވެ. ނަމަވެސް ޒާހިރުގެ ނަމަށް ފުރަތަމަ ވޯޓަށްއައްސަވައި 23ވޯޓު ލިބުމުން މާރިޔާގެ ނަމަށް ރިޔާސަތުން ވޯޓަށް ނޭއްސެވީއެވެ.


