އޮލިމްޕިކްސް ނިންމާލުމުގެ ރަސްމިއްޔާތުގައި ޑޭވިޑް ބެކަމް ހުށަހަޅައިދެނީ
17 August 2008 | Salma
އޮލިމްޕިކްސް ނިންމާލުމުގެ ރަސްމިއްޔާތުގައި ޑޭވިޑް ބެކަމް ހުށަހަޅައިދޭނެކަމަށް އޭނާގެ ޕަބްލިސިސްޓް ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް، އޮލިމްޕިކްސް މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތުގައި ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ ލެޑް ޒެޕްލިންގެ މަޝްހޫރު ގިޓަރިސްޓް ޖިމީ ޕޭޖްއާއި އެކްސް ފެކްޓަރގެ ތަރި ލިއޮނާ ލުވިސްއާއި އެކުގައެވެ.
33 އަހަރުގެ ޑޭވިޑް ބެކަމް ބުނިގޮތުގައި މި ރަސްމިއްޔާތުގައި ހުށަހަޅައިދިނުމުގެ
ފުރުސަތު އޭނާއަށް ލިބުނުކަމަށްޓަކައި އޭނާ ވަރަށް އުފާކުރެއެވެ.


