ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލައި ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް: އައްނި

Adjust font size: Decrease font Enlarge font
image

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިއުމަކީ ކުށަކާނުލައި ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މިއީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނެކޭ އެއްވަރަށް ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އަދި ސަރުކާރަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު،    (އައްނި)  ވިދާޅުވެއްޖެއެވެ.

  

އައްނި މިހެން ވިދާޅުވީ އޭނަގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން މިހަފްތާގެ ވަޢުދު ކަމުގައިވާ "ދިރިއުޅުމުގެ އަގު ތިރިކުރުން" އާއްމު ކުރުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި އާއްދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. އައްނި އިތުރަށް ވިދާޅުވި ގޮތުގައި ޤައުމެއްގެ އިޤްތިސާދު ހަލާކުވުމަށް ދިމާވާ އެންމެ އިސް ސަބަބަކީވެސް ދިރިއުޅުމުގެ އަގު ރައްޔިތުންގެ އަތްމައްޗަށް ނުކުޅަދާނަ ވަރަށް މަތިވެގެން ދިއުމެވެ.

  

ކުރިއަށް އޮތީ ރަމްޟާން މަސް ނަމަވެސް އަދިވެސް ސަރުކާރުން ރައްޔިތުންނަށް އަތްފޯރާފަށަކަށް ތަކެތީގެ އަގު ތިރިކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަން އައްނި، ފާހަގަކުރެއްވިއެވެ. ކާޑުގެ އަގު ބޮޑުކުރުމާއި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ކުޑަވިނަމަވެސް ރާއްޖޭގައި އެއަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކޮށްފައި ނުވާކަން އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުން މިފްކޯއިން މަސްގަންނަ އަގު ދަށްކޮށްފައިވާކަން އައްނި، ފާހަގަކުރެއްވިއެވެ.

  

މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުން މަސައްކަތްތެރިންގެ ޝަކުވާތައް ގިނަވަމުން އަންނަކަމުގެ އައްނި، ހާމަކުރެއްވިއެވެ. އައްނި ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭރުގެ އެތައް އިދާރާއަކުން ރާއްޖޭގައި މާލިއްޔަތު ބޮއްސުންލާކަމުގެ އިންޒާރުދިން ނަމަވެސް ފިނޭންސް މިނިސްޓަރު އެކަމަށް ބީރު ކަންފަތެއް ދިންކަން ފާހަގަކުރައްވާފައެވެ. އަދި އެނގޭ މީހުން ކިޔައިދިނުމުން ނޭނގޭ މީހުން ގަބޫލުކުރުމުގެ ފިކުރު ގެންގުޅުމަށް ގޮވާލެއްވިއެވެ.

  

ދިރިއުޅުމުގެ އަގު ދަށްކުރާ ޓީމުގެ ގޮތުގައި އައްނި، އިޢުލާން ކުރައްވާފައިވާ ޓެކްނިކަލް ބޭފުޅުންގެ ހާޒިރުގައި ބޭއްވި މި ބައްދަލުވުމުގައި ވޭތުވެދިޔަ 30 އަހަރުގެ އިޤްތިސާދީ ކާމިޔާބާއި ބެހޭގޮތުން ސުވާލުކުރުމުން އައްނި، ވިދާޅުވީ މިހާރު އަޅާ ކިޔަންވީ 1978 ވަނަ އަހަރާ 2008 ވަނަ އަހަރާ ނޫން ކަމަށާއި މިހާރު އަޅާ ކިޔަންވީ މި ދިވެހި ރާއްޖޭއާއި އަނެއް ދިވެހި ރާއްޖޭއާއި ކަމުގައެވެ.

  

ވިޔަފާރިވެރިއެއްގެ އަތުންވެސް ލިބޭނީ އެއްވޯޓު ކަމަށާއި އެހެންކަމުން ރާއްޖޭގެ އެހެން އާއްމު ރައްޔިތަކާއި ވިޔަފާރިވެރިއަކާއި މުހިއްމު ކަމުގައި އެއްވެސް ތަފާތެއް ނެތް ކަމަށް އައްނި ވިދާޅުވިއެވެ. އަދި ހަމައެފަދައިން ވިޔަފާރި ވެރިންގެ ފައިދާއަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރައްވާނެ ކަމުގައި އައްނި ޔަގީންކަން ދެއްވިއެވެ.

(Wvcawrukun ulwdwb cawscaevid ujEaugcnel uDObIk cSwmuyil cniawnWt) cSwmuvcaedulWyiK cSwmuyilim

This website is compatible with Internet Explorer - Hosted By MediaHostWorld