ޖަރުމަނުގައި އެކޮޅުކޮޅުން ގެއެއް އަޅައިފި
18 August 2008 | Salma
ޖަރުމަނުގެ މީހަކު، އޭނާގެ ގެ، އެކޮޅުކޮޅުން އިމާރާތްކޮށްފިއެވެ.
ޖަރުމަނުގެ ވަޑާންކުރާ މީހެއް ކަމަށްވާ ކްރިޒްޓޮފް ސްޒިސްކާ ހާމަކުރިގޮތުގައި އޭނާ ބޭނުންވީ އޭނާގެ ގެ، އާދަޔާޚިލާފު، ހަނދާނުން ފޮހެލަން ދަތި ޒާތަކަށް އިމާރާތް ކުރާށެވެ. މިގޮތުން އޭނާވަނީ ޕޮލެންޑުގެ ކުންފުންޏަކާއި ގުޅިގެން މިގޭގެ މަސައްކަތް ފަށާފައެވެ. ސްޒިސްކާ ބުނިގޮތުގައި މިގޭގެ ހުރިހާ ފަރުނީޗަރެއްވެސް އަތުރާނީ އެކޮޅުކޮޅުންނެވެ.
މީގެ އެކީ އިމާރާތް ކުރުމަށް ގާތްގަނޑަކަށް 400 ހާސް ޔޫރޯވަނީ އިންވެސްޓު
ކުރެވިފައެވެ.


