އިބުރާގެ ވެރިކަމެއްގައި ބަޖެޓުގެ ފަނަރައާ ވިހިޕަސެންޓާދެމެދު ޚަރަދުކުރާނީ ތަޢްލީމަށް ކަމަށް ވިދާޅުވެއްޖެ
އިބުރާގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓުގެ ފަނަރައާ ވިހި ޕަސެންޓާ ދެމެދު ޚަރަދުކުރާނީ ތަޢްލީމަށް ކަމަށް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބްގައި ސޯޝަލް ލިބަރެލް ޕާޓީގެ ކެންޑިޑޭޓެއްގެގޮތުން ވާދަކުރައްވާ އިބްރާހީމް އިސްމާއިލް ''އިބްރާ'' މިހެން ވިދާޅުވީ، އޭނާގެ ވެރި ކަމެއްގައި ގެންގުޅުއްވާނެ ތަޢްލީމީ ސިޔާސަތު ހާމަކުރައްވަމުންނެވެ.
ދަރުބާރުގޭގައި ރޭ އޮތް މިބައްދަލު ވުމުގައި، މިހާރު ރާއްޖޭގެ ތަޢްލީމީ ނިޒާމްގައިހުރި ކަމަށް އިބްރާއަށް ފާހަގަކުރެއްވޭ މައްސަލަތަކާއި އެމައްސަލަތައް ހައްލު ކުރަން އިބްރާ ގެންގުޅުއްވާނެ ސިޔާސަތުތަކަކާބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.މިހާރުގެ ސަރުކާރުން ގެންގުޅުއްވާ ތަޢުލީމީ ސިޔާސަތަށް ފާޑު ވިދާޅުވަމުން އިބްރާވިދާޅުވީ، ވިހި އަތޮޅުގައި ހިނގަމުންދާ ސަތޭކައަށްވުރެ ގިނަ ސްކޫލްތަކުގެ ހާލަތު އެޑިއުކޭޝަން މިނިސްޓްރީއަށް ނޭނގޭ ކަމަށެވެ. އަދި އެތަންތަނާ ޙަވާލުވެ ތިއްބަވާ ބޭފުޅުންނަށްވެސް އެތަންތަނުގެ ކަންތައް ކުރިއަށްގެންދަން ނޭނގޭކަމަށް ވިދާޅުވިއެވެ.
އިބނުރާގެ ވާހަކާގައި، ސަރުކާރުން ކުރިއަށް ގެންދަވާ ޓީޗަރުން ތަމްރީން ކުރުމުގެ ސިޔާސަތަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ތަމްރީން ކުރެވޭ ޓީޗަރުންގެ ފެންވަރާއި ތަޖުރިބާ މަދުކަން އިބުރާ ފާހަގަ ކުރެއްވިއެވެ. އިބުރާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަޢުލިމީ ނިޒާމް ބައްޓަން ވެފައި އޮންނަންވާނީ، އިސްލާމްދީނުގެ ޢަޤީދާ އެންމެ ވަރުގަދައަށް ލިބޭނެ ގޮތަށެވެ.


