އެމްޑީޕީގެ ސަރުކާރެއްގައި "ދިރިއުޅުމުގެ އަގު" ތިރިކޮށްދެއްވާނެ ކަމުގެ ވައުދުވުމައް ޕާޓީން ދަތުރެއް ފަށައިފި
ދިވެހި ރައްޔިތުން ދިރިއުޅުމަށް ހޭދަކުރަމުންދާ ޚަރަދުތައް އެމްޑީޕީގެ ސަރުކާރެއްގައި ކުޑަކޮށް ދެއްވާނެ ކަމުގެ ވައުދު ރައްޔިތުންނަށް ވުމަށްޓަކައި ޕާޓީގެ ލީޑަރޝިޕުން މާލެއަތޮޅުގެ ރައްތަކަށް ދަތުރެއް ފަށައިފިއެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ، އިސްކޮށް ހުންނަވައިގެން މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުގައި ދެދުވަހުގެ ތެރޭގައި މާލެ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރާތްކުރައްވާނެ އެވެ. އެގޮތުން މިއަދު ކާށިދޫއަށާއި ދިއްފުއްޓައް އެޓީމްގެ މީހުން ޒިޔާރާތްކޮށް އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ގެތަކަށް ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ އެޓީމު ދިއުމަށް ހަމަޖެހިފައިވަނީ މާފުއްޓަށާއި ގުރައިދޫއަށެވެ. ޒަކީގެ އިތުރުން އެޓީމުގައި ހިމެނޭ ބައެއް އިސް ބޭފުޅުންނަކީ އަމީންއާއްމު ހާމިދު އަބްދުލް ޢަފޫރު، އަހުމަދު ޝަފީގު، ރިޔާޒު އަދި ޔޫއެންޑީޕީގެ އިސްބޭފުޅެއްގެ ގޮތުގައި ދާދިފަހަކާ ޖެހެންދެން ހުންނެވި ކުރެންދޫ ބާރީއެވެ.


