ފުރަތަމަ ޑިވިޜަން ޒޯން 9 ގެ މުބާރާތް އަވަސްކުރުމަށް އެފް އޭ އެމުން ނިންމައިފި
18 August 2008 | Sadhuma
އޮކްޓޯބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ޑިވިޜަން ޒޯން 9 ގެ މުބާރާތް އަވަސްކުރުމަށް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީން ނިންމައިފިއެވެ. އެފްއޭއެމުން ވިދާޅުވި ގޮތުގައި އެ މުބާރާތް އަވަސްކުރުމަށް ނިންމެވީ ކުރިން އެކުލަވާލެވިފައިވާ ތާރީޚުގައި މުބާރާތްފަށައިފި ނަމަ ކުލަބުތަކަށް މާލީގޮތުން ވަރަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނޭ ކަމަށްވާތީއާއި އެފްއޭއެމްގެ 2009 ވަނަ އަހަރަށް އެކުލަވާލަމުން ގެންދާ ފުޓްބޯޅަ ކަލަންޑަރުގެ މަސައްކަތްތައް ލުއިކުރުމުގެ މަޤްސަދުގައެވެ.
އެ މުބާރާތް އަވަސްކުރެވިފައި ވަނީ އަންނަމަހުގެ 7 ވަނަ ދުވަހު ކަމަށާއި މުބާރާތް އަވަސް ކުރެވިފައި ވީނަމަވެސް މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގާއި އަންނަ މަހު ފަސްވަނަ ދުވަހުގައި ފެށުމަށް ހަމަޖެހިފައިވާ ޤައުމީ މުބާރާތުގެ އެއްވެސް މެޗެއްގެ ތާރީޚަށް ބަދަލެއް ގެނެވިފައިނުވާނޭ ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއްވިއެވެ.


