މުޝައްރަފް އިސްތިޢުފާ ދެއްވައިފި
ޕާކިސްތާނުގެ ރައީސް ޕަރުވޭޒް މުޝައްރަފް، ރައީސްކަމުގެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.ސީ.އެން.އެން.އިން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މުޝައްރަފް އިސްތިޢުފާ ދެއްވިކަން އިޢްލާން ކުރެއްވީ ޓެލެވިޒަން މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތޯބެއްގައެވެ.
އެޚިތާބުގައި މުޝައްރަފް ވިދާޅުވެފައިވަނީ، އޭނާ އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ރަނގަޅައްޓަކައިކަމުގައެވެ.
ފަހަކަށްއައިސް މުޝައްރަފަށް ވަނީ އިދިކޮޅު ފަރާތްތަކުރެ ފިއްތުންތައް ވަރަށްބޮޑަށް ކުރިމަތި ވެފައެވެ. ވެރިކަން ހިންގާ ކޯލީޝަނުގައި ހިމެނޭ އެންމެބޮޑު އިދިކޮޅު މައި ދެޕާޓީކަމުގައިވާ، މުސްލިމްލީގާއި، ޕީޕަލްސް ޕާޓީންވަނީ، މުޝައްރަފް ވެރިކަމުން ދުރުކުރުމަށް ފޫގަޅާލައިފައެވެ. އެގޮތުން އެމައްސަލައަށް ޤަނޫނުހަދާ މަޖިލީހުން ބޭނުންވާ ތާޢީދު ލިބިފައިވާކަމަށް ވިދާޅުވެ އެމައްސަލަ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މުސްލިމް ލީގުގެ ލީޑަރ ނަވާޒު ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އެމައްސަލަ ހުށަހަޅުއްވާނެ ކަމަށާއި މައްސަލަ ހުށަހެޅުމުގެކުރިން އިސްތިޢުފާ ދެއްވުމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ މުޝައްރަފަށް އިންޒާރު ކޮށްފައެވެ.މުޝައްރަފް ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ، ނަވާޒު ޝަރީފް ވެރިކަމުގައި ހުންނަވަނިކޮށް ލޭއޮހޮރުވުން ނެތް އިންޤިލާބެއްގައެވެ.


