މެކްސިކޯއަށް ދިން ބަޑީގެ ހަމަލާތަކެއްގައި 14 މީހުން މަރުވެއްޖެ
18 August 2008 | Salma
މެކްސިކޯގެ ޗިހުއަހުއާ ސްޓޭޓަށް ދިން ބަޑީގެ ހަމަލާތަކެއްގައި 14 މީހުން މަރުވެއްޖެކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ޗިހުއަހުއާ ސްޓޭޓްގެ ކްރީލް އަވަށުގެ އާއިލާތަކުން ބޭއްވި ޕާޓީއަކަށް ދިން މިހަމަލާގައި މަރުވެފައިވާ ގިނަ މީހުންނަކީ މިއާއިލާއަށް ނިސްބަތްވާ މީހުންކަމަށް އޮފިޝަލުން ހާމަކުރެއެވެ. މިހަމަލާތައް ދީފައިވަނީ ހުސް ކަޅު އެއްޗެހި ލައިގެން މޫނުގައި މާސްކު އަޅައިގެން އައި 12 މީހަކު ޕިކަޕެއްގައި ދަމުންކަމަށްވެސް އެފަރާތުން މަޢުލޫމަތުދެއެވެ.
މިހަމަލާދިން މީހުން ހޯދުމަށްޓަކައި މެކްސިކޯގެ ކަމާބެހޭ ފަރާތުންވަނީ ޚާއްސަ
އޮޕަރޭޝަނެއް ފަށާފައެވެ.


