އަންނި ޑީއާރުޕީއަށް ބަދަލުވާން އުޅޭ ކަމަށް ދައްކާ ވާހަކަ ދޮގުކޮށްފި
އެމް.ޑީ.ޕީ.ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ޑީއާރުޕީއަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ. އަންނަ ރިޔާސީ އިންތިޚާބްގައި އެމްޑީޕީގެ ފަރާތުން ރިޔާސީ ކެޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަންނިގެ ތަރުޖަމާނު މިކަން ދޮގު ކުރައްވައި ރައީސް މައުމޫނަށް އަންނި ތާޢީދު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއަދު އިރު އޮބްޒާވަރުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ އިސްތަރުޖަމާން ޑޮކްޓަރ އިބްރާހިމް ޑީޑީ ވިދާޅުވީ އަންނި އަބަދުވެސް ބޭނުންވަނީ ރައީސް މައުމޫން ރިޔާސީއިންތިޚާބުން ދުކުރައްވައި އަނެއް ދިވެހި ރާއްޖެއަކަށް ރާއްޖެ ގެންދަންކަމަށެވެ.
އަދި އެމްޑީޕީގެ ބޭނުމަކީ އަބަދުވެސް ޢާންމު ރައްޔިތުންގެ އަޑު އެހުމާއި އެފަރާތްތަކަށް ބޭނުންވާ ހުރިހާ ބޭނުންތަކެއް ކޮށްދެއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ރައީސް މައުމޫނުގެ އިދިކޮޅު ކެޑިޑޭޓަކަށް އަންނި ހުންނަވާނެ ކަމަށް ވެސް ޑީޑީ ވިދާޅުވިއެވެ. އަދި އެޕާޓީން މިހާރުވަނީ އަންނީގެ ރަނިންގ މޭޓަކުހޮވުމަށް ޓަކައި އެފުރުޟަތު ހުވާލައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


