ދިވެހި ބޭންކުގެ ހުޅުމީދޫ ބްރާންޗްގެ މަސައްކަތް ފަށައިފި
ބެންކް އޮފް މޯލްޑިވްސްގެ ހުޅުމީދޫ ބްރާޗް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތާ ހަވާލުވި ކުންފުނީގެ މޭނޭޖިންގ ޑިރެކްޓަރ އަލީ ޝިހާބް އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވި ގޮތުގައި މިމަސައްކަތަކީ އެރަށު އަމިއްލަ ކުންފުންޏެއްކަމަށްވާ، ދާގަނޑު ކޮންޓަކްޝަން ކުންފުނިން ހަވާލުވެގެން ކުރަމުންދާ މަސައްކަތެކެވެ. މިއިމާރާތް ކުރަމުންދަނީ ހުޅުދޫ މީދޫ، މިދެރަށުގެ މެދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިހާބް ވިދާޅުވީ މިއިމާރާތުގައި ހިމެނެނީ އެކޮމަޑޭޝަން ބަޔަކާއި ބެންކު ބިލްޑިންގެކެވެ. އެކޮމެޑޭޝަން ފަރުމާ ކުރެވިފައިވަނީ 2 ބުރިއަށް، ކަމަށް ވާއިރު ބެންކް ބިލްޑިންގ ގައި ހިމެނެނީ 1 ބުރިއެވެ. މިމަސައްކަތް މިހާރު ވަނީ ބިންލެވެލްކޮށް ނިމިފައި ކަމަށާއި ފައުންޑޭޝަން އެޅުމަންޓަކައި ތައްޔާރު ވަމުންދާ ކަމަށް ޝިހާބް ވިދާޅުވިއެވެ.
ޝިހާބް ވިދާޅުވީ މިމަސައްކަތް ފެށިފައި ވަނީ މިދިޔަހަފުތާގައި ކަމަށާއި ބެންކްގެ ސަބަބުން އެދެރަށަށް ވަރަށް ގިނަ ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. މިމަސައްކަތަކީ 300 ދުވަސްތެރޭގައި ނިންމަންޖެހޭ މަސައްކަތެއް ކަމަށް ވެސް އެނާ ވިދާޅުވިއެވެ.


