އަންނިގެ ވެރިކަމެއްގައި ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތައް ހަމަހަމަކުރައްވާނެ ކަމަށް ވިދާޅުވެއްޖެ
އެމް.ޑީ.ޕީ.ގެ މުޙައްމަދު ނަޝީދު (އަންނި)ގެ ވެރިކަމެއްގައި ރިސޯޓްތަކުގައި މަސައްކަތްކުރައްވާ ފަރާތްތައް ހަމަހަމަ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ރޭޑިއޯ ޕްރޮގްރާމްގައި ޢާއްމުންގެ މީހަކު އަންނި އަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންނި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ޓުވެރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް އެއްހަމައެއްގައި އުސޫލުތައް ގެންގުޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ރިސޯޓްތަކުގައި ރާއްޖޭން ބޭރުމީހުންނެކޭ ރާއްޖޭގެ މީހުންނެކޭ އެއްހަމައެއްގައި އޮންނާނެ ކަމަށާއި ރާއްޖޭގެ މީހަކަށް ވެފައި ތަފާތުކުރުމެއް ނުބާއްވާނެ ކަމަށް ވެސް އަންނި ވިދާޅުވިއެވެ. އަންނިގެ ރިޔާސީ ކެނޑިޑޭޓްގެ މައްސަލަ އާއި ބެހޭގޮތުން އަންނި ވިދާޅުވީ އެމްޑީޕީގެ ފަރާތުން ބޭނުންވަނީ އަންނީގެ ރަނިންގ މޭޓަކަށް ހޮއްވަވާ މީހަކީ، އެކަމަށް ބަލަންޖެހޭ ވަރަށް ބަލާފައި އެމްޑީޕީގެ ޤައުމީ މަޖުލީހުން ނިންމާގޮތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މުޙައްމަދު ޝަފީޤަކީ ވެސް ވަރަށް އެކަމަށް ޤާބިލްކަން ލިބިފައިވާ ބޭފުޅެއް ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.


