ޓްރެއިނިންގ ރިޒޯޓާއި ޓްރެއިނިންގ އިންސްޓިޓިއުޓު ޤާއިމްކުރުމަށް 3 ފަރާތަކުން ކުރިމަތިލައިފި
ލ. ބޮޑުފިނޮޅާއި ގަސްގަނޑުފިނޮޅުގައި 150 އެނދުގެ ޓްރެއިނިންގ ރިޒޯޓެއް ޤާއިމުކުރުމާއި ލ. ގަމުގައި ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމްކުރުމާއި އަދި އެރަށުގައި 150 އެނދުގެ ހޮޓަލެއް ތަރައްޤީ ކުރުމަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި ހުސްވި ޖުލައިމަހު ބީލަމަށް ލެވުނު އިންޓަގްރޭޓެޑް ޓްރެއިނިންގ ރިސޯޓުގެ ބީލަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މޫކައި ހޮޓަލުގައެވެ. ބީލަން ހުޅުވުމުގެ ވަގުތު ހަމަވިއިރު ބީލަން ހުށަހަޅުއްވާފައިވަނީ 7 ފަރާތެއްކަމަށް އެފަރާތުން ވިދާޅުވިއެވެ.
ބީލަން ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީލަން ހުށަހެޅުއްވި ފަރާތުން ހުށަހަޅުއްވާފައިވާ 10 އަހަރުގެ ކުލި އިޢުލާންކޮށް ޑިސްޕްލޭކުރެވުނެވެ. އެ ބީލަމުގެ ކުލީގެ އިތުރުން ޓްރެއިނިންގ ރިޒޯޓުގެ ޕްރޮޕޯސަލަށްވެސް ޕޮއިންޓްދޭގޮތަށް ހަމަޖެހިފައިވާތީ ބީލަންތައް ވަޒަންކޮށް ނިންމުމަށް ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތެއް ނަގާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.


