ވ.އަތޮޅު ކޮމްޕިއުޓަރ ލޯނު ސްކީމް ޕްރޮގްރާމްގެ 3ވަނަބުރު ފެށިގެން ކުރިއަށްއެބަދޭ
ވ. އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓަރ ލޯނު ސްކީމް ޕްރޮގްރާމްގެ 3 ވަނަބުރު ފެށިގެން ކުރިއަށް ދާކަމަށް އަތޮޅު ކޮމެޓީން ހާމަކޮށްފިއެވެ.
އެރަށު އަތޮޅު ކޮމެޓީގެ މެންބަރ އަޙުމަދު ފިރާގް އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވިގޮތުގައި މިޕްރޮގްރާމް ކުރިޔަށްގެންދަނީ ފެލިދޫގައެވެ. މިޕްރޮގްރާމު ހިންގުމުގައި އިސްކޮށް ހުންނެވީ، އަތޮޅު ކޮމެޓީގެ މެންބަރުންނެވެ.
ފިރާގް ވިދާޅުވީ މިޕްރޮގްރާމް ހިންގުމުގެ މަގުސަދަކީ ކޮމްޕިއުޓަރ ބޭނުންވާ ކޮންމެ ކިޔަވާ ކުއްޖަކަށް ލުއިފަސޭހަ ހެޔޮއަގެއްގައި ރައްޔިތުންނަށް ލިބޭނެގޮތް ހަދައިދިނުން ކަމަށެވެ. އަދި މިޕްރޮގްރާމަކީ ހަމައެކަނި ވ، އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ ބައިވެރިވެވޭނީ ހަމައެކަނި އެތޮޅުތަކުގެ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތެއްވެސް ފޯމް ހުށައެޅުމުން ކޮމްޕިއުޓަ ލޯނު ދޭގޮތައް ދޫކުރެވޭ ކަމަށާއި މިލޯނުގެ މުއްދަތަކީ 2 އަހަރުދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގް އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައ މިފަހަރުގެ ސްކީމުން 45 ސިސްޓަމަށް މިހާރުވެސް ވަނީ ފޯމް ހުށައަޅާފައެވެ. އަދި ބައެއް ފަރާތްތަކުން ލެކްޓޮޕް ލޯނުގެ ގޮތުގައި ގެނައުމަށް އެދެމުންދާތީ 15 ލެކްޓޮޕް ވެސް ގެންނަކަމަށް އޭނާ މަޢުލޫމާތު ދިނެވެ. މިޕްރޮގްރާމް އަތޮޅު ކޮމެޓީގެ ފަރާތުން ހިންގަމުންދާތާ މިހާރު 2 އަހަރު ދުވަސް ވެއްޖެ ކަމަށާއި، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


