މާދަމާ ހުޅުމާލޭން ފްލެޓަށް އެދޭ ފޯމް ދޫކުރަންފަށާނެ
ހުޅުމާލެ ފްލެޓްތަކަށް އެދޭފޯމް މާދަމާ ދޫކުރަންފަށާނެ ކަމަށް މައުލޫމާތު ދެއްވައިފިއެވެ. ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި އެފަރާތުން މާދަމާ ދޫކުރަން ފައްޓަވާ ފޯމްތައް މާލޭގެ އަވަށްތަކުންނާއި ވިލިނގިނލި،އަދި ހުޅުމާލެ އޮފީހުން ލިބެންހުންނާނެއެވެ.
މާލޭގެ ރައްިެތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ނައްތާލުމަށް ސަރުކާރުން ހިންގަވާ މިޕްރޮޖެކްޓްގެ ދަށުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 488 އެޕާޓް މެންޓްގެ ފުލެޓްތަކަށް ފޯމްލުމުގެ ފުރުޟަތު ބޮޑަށް ހުޅުވިގެންދާނީ މާލޭގެ ރައްވެހިންނަށް ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. ދެކޮޓަރީގެ އެޕާޓްމަންޓާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމުގައި ބޮޑަށް ބައްލަވާނީ މާލޭގެ ރައްވެހިންގެ ތެރޭން ގެދޮރުގެ ދަތިކަން ތަހައްމަލް ކުރައްވާ ފަރާތްތަކަށް އިސްކަން ދޭ އުސޫލުން ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.
އެގޮތުން މާލޭ މުނިސްޕަލްޓީގެ ޚާއްސަ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. ފޯމު ދޫކުރަމުންދަނީ ދިހަ ރުފިޔާގެ އަގަކަށެވެ.


