ފުލިދޫގެ އިރުދެކުނު ފަރާތުން 150 ފޫޓްގެ ސަރަޙައްދެން ގިރަމުންދާކަމަށް ކަމަށް ކަތީބު ވިދާޅު ވެއްޖެ
ވ. ފުލިދޫ އިރުދެކުނު ފަރާތުން 150 ފޫޓްގެ ސަރަޙައްދެން ގިރަމުންދާ ކަމަށް އެރަށު ކަތީބު ވިދާޅު ވެއްޖެއެވެ.
އިބްރާހިމް ޝަރީފް އިރު އޮބްޒާވަރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ގިރަމުންދަނީ އެރަށު އިރުދެކުނު ފަރާތު ސަރަހައްދެވެ. އެސަރަޙައްދުން 150 ފޫޓްގެ ސަރަޙައްދެއް ގިރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިސަރަޙައްދު ގިރަންފެށީ ސުނާމީގައި އުދައެރުމުގެ ސަބަބުން ކަމަށާއި މިހާރުވެސް އިރުވައި މޫސުމްގައި ގިރަމުންދާ ކަމަށް މަޢުލޫމާތު ދެއްވިއެވެ. އަދި މިއަހަރު ނިމެންވާއިރަށް އެކަން ޙައްލުނުވެ ގިނަދުވަސް ވެއްޖެނަމަ ބޯޅަދަނޑުގެ އެއްބައި ގިރައިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަށް އެދި ސަރުކާރަށް ހުށައެޅުމުން ދިން ޖަވާބަކީ ރކ، ކޮމެޓީގެ ދަށުން އެތަނުގެ ދިގުމިނާއި ފުޅާމިން ބެލުމަށް ފަހު ސާވޭރ ކުރުމަށް ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ސާވޭރއިން ދައްކަނީ އެސަރަޙައްދު ހިމާޔަށް ކުރެވޭނީ 15 ފޫޓްގެ ދިގު 5 ތޮށިބުރި ލެވިގެން ކަމަށާއި އެތަންތަނަށް އަރާނެ ހަރަދު ބަލަމުންގެންދާ ކަމަށެވެ.
ޝަރީފް އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި މިސާވޭރގެ މަސައްކަތް ޖުލައި 26ހުން ފެށިގެން ކުރަމުން ގެންދެއެވެ. އަދި އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރޯދައިގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.


