އިނގިރޭސިވިލާތުގައި ބަހަކާއި ކާރެއް ޖެހި، އެކަކު މަރުވެ 60 މީހުން ޒަޚަމްވެއްޖެ
19 August 2008 | Salma
އިނގިރޭސިވިލާތުގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓު ވެގެން އެކަކު މަރުވެ، 60 މީހުން ޒަޚަމްވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ސްޓެފޯޑްޝަޔަރގައި ހިނގި މިހާދިސާގައި ޒަޚަމްވި މީހުންވަނީ ހެލިކޮޕްޓަރުތަކުގައާއި އެމްބިއުލަންސްތަކުގައި ކައިރި ހިސާބުތަކުގެ ހޮސްޕިޓަލްތަކަށް ގެންދެވިފައެވެ. މިހާދިސާގައި ބަސްވަނީ ބާރު ދުވެލީގައި ގޮސް ކުރިމަތިން އައި ކާރެއްގައި ޖެހި، ފާރެއް ފުނޑާލައިގެންގޮސް އެލްޓަން ޓަވަރޒް ތީމް ޕާކުގެ ބަގީޗާ ތެރެއަށް ފުރޮޅާލާފައެވެ. ފުލުހުން މަޢުލޫމާތުދިންގޮތުގައި މިހާދިސާ ހިނގަން ދިމާވި ސަބަބުކަމަށް ބެލެވެނީ ބަސް ދުއްވަމުން އައި ހިލްއިން ކައްސާލައިގެން ކަމަށެވެ.
ސްޓެފޯޑްޝަޔަރގެ ފުލުހުން މިހާރުދަނީ މިހާދިސާ ތަޙުޤީޤު ކުރަމުންނެވެ.


