ޕާކިސްތާނުގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާގައި މަދުވެގެން 23 މީހުން މަރުވެއްޖެ
19 August 2008 | Salma
ޕާކިސްތާނުގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާގައި މަދުވެގެން 23 މީހުން މަރުވެއްޖެކަމަށް އެޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ހުޅަނގުދެކުނު ފްރަންޓަޔަރ ޕްރޮވިންސްގައި މިހަމަލާ ދެވިފައިވަނީ ދެރާ އިސްމާއިލް ޚާން އަވަށުގައި މީހަކު މަރާލެވުނު ހާދިސާއާއި ގުޅިގެން ޝިއީ މުސްލިމުންގެ ބަޔަކު ނުރުހުން ފާޅުކުރަން އެއްވެހުރި ސަރަހައްދަށް ކަމަށް އޮފިޝަލުން މަޢުލޫމާތުދެއެވެ. ފްރަންޓަޔަރ ޕްރޮވިންސްގެ ފުލުހުންގެ ޗީފް މާލިކް ނަވީދް ޚާން ހާމަކުރިގޮތުގައި މިހަމަލާގައި މިހާތަނަށް 23 މީހުން މަރުވެ، 20 މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.
މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި އާންމުންގެ މީހުންނާއި ފުލުހުން ހިމެނެއެވެ.


