ވޭލް ސަބްމެރިންގައި ހިމެނޭ ޤާސިމްގެ ހިއްސާ ދޫކޮށްލައިފި ކަމަށް އުމަރު ބުނެފި
19 August 2008 | Leela
ވޭލް ސަބްމެރިންގައި ހިމެނޭ ޤާސިމްގެ ހިއްސާ ދޫކޮށްލައިފި ކަމަށް އުމަރު މައުލޫމާތު ދެއްވައިފިއެވެ.
މިއަދު އިރު އޮބްޒާވަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޑީޕީގެ ރިޔާސީ ކެޑިޑޭޓް ކަމަށްވާ އުމަރު ނަސީރު ވިދާޅުވި ގޮތުގައި ވޭލް ސަބްމެރިންގައި ހިމެނޭ ޤާސިމްގެ ހިއްސާ އުމަރަށް ދޫކޮށްލައިފި ކަމަށާއި ޤާސިމްއަކީ ވޭލް ސަބްމެރިންގެ އެންމެ ބޮޑު ޚިއްސާ ދާރު ކަމަށެވެ.
އެގޮތުން ޤާސިމްއަކީ އެކުންފިނީގެ 51 އިންސައްތަ ހިއްސާދާރެއް ކަމަށާއި އުމަރު ނަސީރުގެ ޚިއްސާގެ އަދަދަކީ 49 އިންސައްތަ ކަމަށް އުމަރު ވިދާޅުވިއެވެ.


