ބޭރުގެ 10 ޤައުމަކަށް 1.99 ލާރިއަށް ގުޅާލެވޭ ޕްރޮމޯޝަނެއް ވަތަނިއްޔާއިން ފަށައިފި.
ވަތަނިއްޔާގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގެ 10 ޤައުމަކަށް ގުޅާލެވޭ ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ވަތަނިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އޮގަސްޓް މަހުގެ 17 ން އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެފަރާތުން ކުރިއަށްގެންދާ މި ޕްރޮމޯޝަން ދުނިޔޭގެ ދިހަ ޤައުމަކަށް މިނިޓަކު އެންމެ 1.99 ލާރިއަށް ގުޅާލެވޭނެ އެވެ. އެ ޤައުމުތަކަކީ އިންޑިޔާ، ސްރީލަންކާ، ބަންގްލަދޭޝް, މެލޭޝިޔާ، ތައިލޭންޑް، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އަދި ފިލިޕީންސްއެވެ. މީގެ އިތުރުން ދިނުޔޭގެ އެހެން ހުރިހާ ޤައުމަކަށް ވެސް ޖޫން މަހު ވަތަނިއްޔާއިން ފަށާފައިވާ ޕޮރޮމޯޝަންގެ ދަށުން 2.55 ލާރިއަށް ގުޅާލެވޭނެ ކަމަށް ވަތަނިއްޔާއިން މަޢުލޫމާތު ދެއްވައެވެ.
ވަތަނިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހަށް ވަރަށް ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދަވާނެ ކަމަށާއި މިއީ މިގޮތުން ފެއްޓެވި ފުރަތަމަ ޕްރޮމޯޝަން ކަމަށެވެ.


