ފިއުލްސަޕްލައި މޯލްޑިވްސްގެ ތެލުގެ ބާވަތްތައް އުފުލާ 04 އުޅަދެއް ޗެކްކޮށްފި.
މި އޮގަސްޓް މަހުގެ 17 ދުވަހު މާލޭގައި ތެލުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރުގައި އެކަށީގެންވާ މިންވަރަކަށް ސަލާމަތީ ފިޔަވަޅުތައް އަޅުއްވާފައިވޭތޯ ބަލާ އިންސްޕެކްޓް ކުރުމަށްޓަކައި، މިއަދު ފިއުލްސަޕްލައި މޯލްޑިވްސްގެ ތެލުގެ ބާވަތްތައް އުފުލާ 04 އުޅަދެއް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން މިއަދު ޗެކްކޮށްފިއެވެ.
އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން މިއަދު ޗެލްކުރި މި ހަތަރު އުޅަދުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ފުރިހަމައަށް އަޅާފައިވާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް ޗެކްކުރެވުނު ބައެއް އުޅަދުތަކުގައި ބެހެއްޓިފައިވާ އަލިފާން ނިވީގެ އިންސްޕެކްޝަން މުއްދަތު ހަމަވެފައިވާ ކަން އެފަރާތުން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މިއުޅަނދުފަހަރުގެ ޑުރައިވަރުންނާއި، ޑްރައިވަރުންގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަލިފާންނިވި ބޭނުންކުރާނެ ގޮތާއި އަލިފާން ނިވިއާއި ބެހޭ މަޢުލޫމާތު އެއްވެސް ވަރަކަށް ލިބިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މިޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެކްކިއުއިން ދޭތެރެ ދޭތެރެއިން އުޅަނދުތައް ޗެކްކުރައްވަމުންދާނެ ކަމަށް އެފަރާތުން ވިދާޅުވިއެވެ.


